މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިއްޔެގެ ހަވީރު ހިނގި ހާދިސާގައި އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސަައްކަތްކުރާ ބަންގްލަދޭޝްގެ މަސޫދު ހޮސެއިން އާއި ގއ. ގެމަނަފުށީ ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ ވަނީ މަރުވެފަ އެވެ.
އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި"ވެފަ އެވެ.
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
