ފަލަސްތީނަށް ތާއީދުކުރާ އެކްޓަރުން ބޮއިކޮޓްކުރާ ކެމްޕެއިނެއް ހޮލީވުޑްގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ޕެރަމައުންޓްއިން ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޕެރަމައުންޓުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެގައުމުގެ ދިފާއުގައި ވަކާލާތުކުރާ އެކްޓަރުން އެ ކުންފުނީގެ އެއްވެސް އުފެއްދުމެއްގައި ނުހިމަނާ ގޮތަށް ބްލެކް ލިސްޓެއް ހަދާފަ އެވެ.
އެގޮތުން އެ ބްލެކް ލިސްޓް މިހާރު މީޑިއާގައި ދައުރުވަމުން އަންނައިރު އެ ލިސްޓުގައި ހިމެނޭ ތަރިންގެ ތެރޭގައި މާކް ރަފަލޯ، އެންޑްރިއު ގާފިލްޑް އަދި ޒޭވިއާ ބާޑެން ހިމެނެ އެވެ.
މީގެ އިތުރުން ވެސް އެ ލިސްޓަށް އަރާނެ ކަމަށް ބެލެވޭ އިތުރު ތަރިންނަށް ބަލާއިރު އެމާ ސްޓޯން، ރިޒް އަހުމަދު އަދި އެލިއަޓް ޕޭޖް ފަދަ ތަރިން ހިމެނެ އެވެ.
ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލުގެ ޔަހޫދީން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހޮލީވުޑް ދެބައިވެފައިވާއިރު އިޒްރޭލަށް ތާއީދުކުރާ ތަރިން ވެސް ކޮންމެވެސް ވަރަކަށް އުޅެ އެވެ.
މި ތަރިންގެ މަގުބޫލުކަމާއެކު ވެސް ޕެރަމައުންޓުން އެތަރިންނާއެކު މަސައްކަތް ނުކުރަން ނިންމުމަކީ އެ ކުންފުންޏަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ