މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު، 44، އާއި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް، 21، ކަމަށެވެ.
އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ އެންމެން ވެސް މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އެ ހާދިސާ ހިނގި ދުވަހު ހައްޔަރުކޮށްފައި ވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) ހަމަ އެގޭ ޙުސައިން ޝަހުދު (30އ) އެވެ.
އެ ހަތަރު މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗުގައި ފިލަން ދިޔައީ ހުރާ އަަށެވެ.
ހުރާ އިން ވާހަކަދެއްކި ބައެއް މީހުން ބުނީ އެ މީހުން އެރަށު ގެސްޓްހައުސްއެއްގެ ތެރޭގައި ޑޮލަރު ގުނާ މަންޒަރު އެތަނުގެ ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނޭނގެ އެވެ.
ބާރްތީ ބޭނުންވަނީ އަންހެން ކުއްޖެއް!
24 ގަޑިއިރު ތެރޭގައި "މައިކަލް"އަށް ރެކޯޑެއް!
އަހަރެންގެ އަޑަށް ގިނަ ބަޔަކު މަލާމާތްކުރި: ދީޕިކާ
