ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގެ ގަރާޖުގެ ގޮތުގައި ބޭނުންކުރި އިމާރާތް ޔޫތު ހަބަކަށް ބަދަލުކޮށް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ޒުވާނުންގެ މަރުކަޒެއްގެގޮތުގައި މުލިއާގޭ ގަރާޖު ޔޫތު ހަބަށް ބަދަލުކޮށް އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ލިލީމަގުގައި ހުންނަ މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތީގައި ތަރައްގީކޮށްފައިވާ ޔޫތު ހަބުން، ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން، ކުރެހުންތެރިންނަށް ހާއްސަ ސަރަހައްދަކާއި މިއުޒިކް ރެކޯޑިންގްއަށް ހާއްސަ ސަރަހައްދެއްގެ އިތުރުން، ހާއްސަ އިސްކަމެއްދީގެން ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު" ގެ ހިދުމަތްވެސް އެތަނުން ލިބޭނެކަމަށް ވެއެވެ.
މީގެ އިތުރުން ޒުވާނުން ގުޅުންހުރި އިތުރު ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި ޢިމާރާތާއި ގޯތި "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަހައްދު ރައީސް މުއިއްޒު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ.
ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފި
ޅަފަތުގައި މާ ބޮޑަށް ބަރުދަން އިތުރުވުމަކީ ނުރައްކަލެއް!