ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީ ސަރުކާރަށް ދެ އަހަރުވެގެން ބޮޑި ޖަލްސާއެއް ބާއްވައިގެން އިއްވި ރިޕޯޓުގައި ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ބުނެ ނުދެވުނު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސްކޫލްތަކުގައި ވެސް ކޮންމެ އަހަރަކު ރިޕޯޓެއް ނެރޭ ކަމަށެވެ. އެއީ އަހަރެއް ތެރޭ ކުދިންނާއި ޓީޗަރުން ކުރި މަސައްކަތުގެ ފެންވަރު ދައްކުވައިދޭ ރިޕޯޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ހަމަ އެފަދައިން ސަރުކާރުން ވެސް, ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބާއްވާފައި, ވޭތުވެދިޔަ ދެ އަހަރު ތެރޭ ސަރުކާރުން ކުރި ކަންތައް ކީއިރު, ހާމަވެގެންދިޔައީ ރައްޔިތުންނަށް ބޭނުންވާ އެއްކަމެއް ވެސް ސަރުކާރަށް ނުކޮށްދެވޭކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ގެއާ މާ ދުރު ނޫން ހިސާބެއްގައި, އެ މުއިއްޒު އަޅުގަނޑަށް އަޑުއިއްވަން ކަން ނޭނގެ އެކަން އެ ކުރީ. މިއޮތް ރިޕޯޓު އިއްވާ ނިންމަނީ.. މި ދެ އަހަރު ކުރެއްވި އެއްވެސް ކަމެއް ވިދާޅެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ, ސަރުކާރަށް ދެ އަހަރު ވެގެން ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ރައީސް މުއިއްޒު ވަރުގަދަޔަށް ވިދާޅުވީ މިތާ ގާނޫނާ ހިލާފަށް އުޅޭ ހުުރިހާ ބިދޭސީން ފޮނުވާލާނެ ކަމަށެވެ. އަދި އެއީ ކޮށްފި ނަމަ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެކަން ވެސް އަދި ބޭނުންވާ ގޮތަށް ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދެ އަހަރު ކުރެެވުނު ކަމެއް ފާހަގަނުކުރައްވާ ހައްތަހާ ވެސް ރައީސް މުއިއްޒު ވިދާޅުވީ "ރަސްމާލެ" އިން 15,000 މީހުންނަށް, ކާށިދޫ ކަނޑުން 30,000 ހާސް މީހުންނަށް އަދި ބަރަވެލި ކަނޑުން 20,000 މީހުންނަށް ގޯތި ދެއްވާނެ ކަމަށެވެ. ރައީސް މުއިއްޒަށް ކޮށްދެވުނު ކަންތައްތަކުގެ ބަދަލުގައި ވިދާޅުވެވުނީ ހައްތަހާ ވެސް ކޮށްދެއްވާން ހުރި ކަންކަންކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ފާޑުކިޔުން އަމާޒުކުރެއްވި އެވެ.
ބިން ހިއްކުމަކީ ފަސޭހަކަމެއް ކަމަށާއި އެހެން ނަމަވެސް ދެން ހުންނަ (އެއްގަމު ތޮށިލުމާއި, ކަނޑު ތޮށިލުމާއި, އިންފްރާސްޓްރަކްޗަރާއި, ކަރަންޓާ ފެނާއި ނަރުދަމާ) ފަދަ ކަންކަން ކުރުމަކީ ބޮޑު ކަންތައްތަކެއް ކަމަށް ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ކިތަންމެ މުރާލި ނަމަވެސް އެ ހުރިހާ ކަމެއް ކޮށް ނިމޭއިރު އެނދުދާން ކުރާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދައްކާ ވާހަކައިގެ އަޑު ނީވޭ ކަމަށާއި އިގުތިސޯދު ހީނަރުވެގެންދާއިރު އިންވެސްޓު ކުރަން ރާއްްޖެ އަންނަ ބަޔަކު ވެސް ނެތް ކަމަށެވެ.
މުލިއާގޭ ގަރާޖު ޒުވާނުންގެ ހަބަކަށް ބަދަލުކޮށް ހުޅުވައިފި
މި އަހަރުގެ މިސް ޔުނިވާސް އަކީ މެކްސިކޯގެ ފާތިމާ