ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާގޮތުގައި ގެއްލިފައި ވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގަރޭޓެވެ. އެއީ ތިލަފުށިން ފުލުހުން ހޯދާފައިވާ ސިނގަރޭޓުތަކެކެވެ. މިތަކެތި ބަހައްޓާފައި ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.
ފޮށިގަނޑެއްގެ ތެރޭގައި ހުރި އެ ސިނގަރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން ފޮށިގަނޑު ބަލާ ފާސްކުރުމުންނެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ އިންޗާގުގެ މަގާމުގައި ހުރީ މ. އަތޮޅު ޕޮލިސްގައި ހުރި ޓީވީއެއް ވަގަށް ނެގިކަން ސާބިތުވެފައިވާ ޒިޔާދު އަލީއެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރިފަހުން ގިނަ އަދަދެއްގެ ސިނގިރޭޓް ވަގަށް ނެގުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ބައެއް ވިޔަފާރިވެރިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ސްރީދޭވީގެ އިތުރު ދަރިއަކު ޕާކިސްތާނުގައި؟
ސަލްމާންއާ ދެކޮޅުވެރިވުމުގެ ނަތީޖާ ހިތިކޮށް ލިބުނު ތަރިން!
ފިލްމީ ދާއިރާގެ ބޭފުޅުންވެސް ދީނުގެ ހުދޫދުން ބޭރުނުވޭ: ރައީސް
