މަޝްހޫރު ޕޮޕް އައިކަން ލޭޑީ ގާގާގެ ކޮންމެ ފެނިލުމަކީ ވެސް އާއްމުންގެ ސަމާލުކަން އަތުލައިގަންނަ ތަފާތު ފެނިލުމެކެވެ. އެގޮތުން އެންމެ ފަހުން އޭނާ ފެނުނީ ވެސް ތަފާތު ކޮށެވެ.

އެގޮތުން އެންމެ ފަހުން ފެނުނު ލޭޑީ ގާގާގެ ފެނިލުމުގައި އޭނާ ވަނީ އޭނާގެ އިސްތަށިގަނޑަށް އަނެއްކާ ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މީގެ ކުރިން ބްލޮންޑް އިސްތަށިގަނޑެއް ގެންގުޅުނު ލޭޑީ ގާގާ އެންމެ ފަހުން އަނެއްކާ ވެސް މިވަނީ ބަދަލެއްގެ ގޮތުން އިސްތަށިގަނޑު ކަޅުކޮށްފަ އެވެ.

ކަޅު އިސްތަށިގަނޑާއެކު ލޭޑީ ގާގާ ހިޔާރު ކޮށްފައިވަނީ މަޑު ފެހި ކުލައިގެ ކޯޓު ފަޓުލޫނެކެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްފައިވަނީ ލޫސް ކާލްސްތަކާއެކުގަ އެވެ.

ލޭޑީ ގާގާގެ މި ފެނިލުމަކީ އޭނާ އާއްމުކޮށް ފެންނަ ބްލޮންޑް ސްޓައިލާ ވަރަށް ތަފާތު ފެނިލުމަކަށްވާއިރު އެކަން އަންނަނީ ގިނަ ބަޔަކު ފާހަގަ ކުރަމުންނެވެ.

ލޭޑީ ގާގާގެ މިއުޒިކީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ މިހާރު އަންނަނީ އޭނާގެ އަމިއްލަ މޭހަމް މިއުޒިކް ޓުއާގެ ކޮންސެޓުތައް ބާއްވަމުންނެވެ.