1970 އާއި 80ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ވެޓެރަން އެކްޓަރު ދަރްމެންދްރާ މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
އުމުރުން 89 އަހަރުގެ ދަރްމެންދްރާ މަރުވިކަން އިންޑިއާގެ ނޫސްތަކުން ކަށަވަރު ކޮށްދީީފައިވާއިރު އޭނާގެ ޖަނާޒާ އޮތް ގެއަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ ޒިއާރަތް ކުރަމުންނެވެ.
އެގޮތުން އޭނާގެ ދެ އަނބިން ކަމަށްވާ ޕްރަކާޝް ކައުރްއާއި ހެމާ މާލިނީގެ އިތުރުން ދަރިން ކަމަށްވާ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލް ވެސް ވަނީ އެ ގެ ކައިރިން ފެނިފަ އެވެ.
މީގެ އިތުރުން ވެސް ސަލްމާން ޚާންއާއި އާމިރު ޚާން ފަދަ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ވެސް އެ ތަނަށް އަންނަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ދަރްމެންދްރާ މަރުވެފައި މިވަނީ އޭނާގެ ހާލު ގޯސްވެގެން މިމަހުގެ ކުރީކޮޅު ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނިކޮށެވެ. ފަރުވާއަށްފަހު އޭނާ ގެއަށް ދޫކޮށްލާފައިވެ އެވެ.
ދަރްމެންދްރާ ފާހަގަ ކުރެވެނީ 80ގެ އަހަރުތަކުގައި އެކި ކަހަލަ ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އަމީތާބް ބައްޗަންއާއެކު އޭނާ ފެނިގެންދިޔަ ފިލްމު "ޝޯލޭ"އަކީ މިއަދާ ހަމައަށް ވެސް ފާހަގަ ކޮށްލެވޭ ފިލްމެކެވެ.
އިންސާނާގެ ސިކުނޑި އެންމެ ހުށިޔާރުވާ އުމުރަކީ މިއީ!
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް އަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު
ބޮލުގައި ބަޑި، އަތުގައި ކަނޑި، ފުރާނަ ދޫކޮށްލީ އެއްއަޒުމެއްގައި