ދާދިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް މަހުލޫފް އައްޔަނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒު ފޮނުވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
މަހުލޫފް ސިޔާސީ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު އެމަނިކުފާނު އުފެއްދެވި ޑީއާރްޕީންނެވެ. އެއަށްފަހު ޕީޕީއެމާ ގުޅުނެވެ. އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުނެވެ.
ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމާއެކު މަހުލޫފް ވެސް ސިޔާސީ މައިދާނުން ގެއްލުނެވެ.
މަހުލޫފް ޕީއެންސީއަށް ސޮއިކުރީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި ބޭއްވިި ބޮޑު ޖަލްސާގަ އެވެ.
ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކޮށްފި
ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅޭނަންތަ؟
އަލިފާން ރޯވެ އަމާން ދޯދި ޓަވަރު1 ގެ ފެން ހޮޅިތަކެއް ހަލާކުވެއްޖެ
