ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ ހިއްސާ އޮންނަ ސްކިންކެއާ ބްރޭންޑް ކަމަށްވާ 82އީގެ މާލީ ހިސާބުތައް ދާދި ފަހުން އިއުލާން ކޮށްފި އެވެ.
އެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ވިޔަފާރި ހިނގަމުން އަންނަނީ މާލީ ގެއްލުމެއްގަ އެވެ. އެގޮތުން މިއަހަރު އެކަނިވެސް އެ ވިޔަފާރިއަށް 12 ކްރޯޑް ރުޕީސްގެ ގެއްލުމެއް ލިބިފައިވެ އެވެ.
މިއީ މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު ނިސްބަތުން ކުޑަ ގެއްލުމެއް ނަމަވެސް ވިޔަފާރި ވެއްޓިފައިވާ މާލީ އަޑިގަނޑުން އަދިވެސް އަރައިނުގަނެވޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެގޮތުން 82އީގެ އާމްދަނީގެ އިތުުރުން މާކެޓިން ހަރަދުތައް ވެސް ދަށްވެފައިވާ ކަމަށް އިންޑިއާގެ ސަރުކާރު އިދާރާތަކަށް ހުށައަޅާފައިވާ ރިޕޯޓުތަކުން ދައްކަ އެވެ.
82އީއަކީ ދީޕިކާއާއި އޭނާގެ ބައްޕަ ޕަރަކާޝް ޕަދުކޯންގެ ހިއްސާ އޮންނަ ޑީޕީކޭއޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ.
2021 ވަނަ އަހަރު ދީޕިކާ ތައާރަފްކުރި މި ބްރޭންޑަށް ދީޕިކާގެ މަގުބޫލުކަމާއެކު ވެސް މާ ބޮޑު ތަރުހީބެއް ލިބެމުން ނުދާކަން ފާހަގަ ކޮށްލެވެ އެވެ.
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ