އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިއްތުންތަކާއެކު ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ރަޝް އަވާ"ގެ ހަތަރުވަނަ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަހަރުތަކެއް ވީ ފަހުން ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ޕެރަމައުންޓުން ވަނީ އެ ފިލްމަށް ފެހި ސިގްނަލް ދީފަ އެވެ.
ޕެރަމައުންޓްއިން "ރަޝް އަވާ 4"އަށް އާނބަސް ބުނެފައިވަނީ ޕްރޮޑިއުސަރު ބްރެޓް ރެޓްނާގެ ފަރާތުން ޓްރަމްޕް އެ ކުންފުނީގައި އެކަމަށް އެދުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ފިލްމުގެ މަސައްކަތް މީގެ ކުރިން މަޑުޖެހިފައި އޮތީ ހޮލީވުޑްގައި ކުރިއަށް ދިޔަ "މީޓޫ މޫވްމަންޓް"ގެ ތެރެއިން ބްރެޓްއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުނު ހިސާބުންނެވެ.
މި ތުހުމަތުތަކާއެކު އެއްވެސް ކުންފުންޏަކުން އޭނާއާއެކު މަސައްކަތް ކުރަން ބޭނުން ނުވިއިރު ޕެރަމައުންޓުން އެއްބަސްވީ ޓްރަމްޕްގެ ސަބަބުން ކަމަށް ބެލެވެ އެވެ.
މިއާއެކު އަހަރުތަކަކަށްފަހު ހޮލީވުޑްގެ މަޝްހޫރު އެކްޝަން ޑުއޯ ކަމަށްވާ ޖެކީ ޗެންއާއި ކްރިސް ޓަކާ އެކުގައި އަނެއްކާ ވެސް ފެނިގެންދާނެ އެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލައިފި