ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކީ ރ. ދުވާފަރަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ އާއިލާއަށް ހަބަރެއް ނުވެގެންނެވެ.

ފުލުހުން ބުނީ، 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ޝިބާ ރަޝީދު އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު ހަމަ އެދުވަހު ކަމަށެވެ.

އެ ކުއްޖާ ރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ގެއަށް ދިޔައިރު، ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.