ދިގު މެދުކެނޑުމަކަށްފަހު ހޮލީވުޑްގެ އެކްޓަރު އަދި އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ މޭގަން މާކަލް ބޮޑު ސްކްރީނަށް އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.
ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މޭގަން ފެންނާނީ "އެމިލީ އިން ޕެރިސް"ގެ ތަރި ލިލީ ކޮލިންސްގެ ކުރިއަށް އޮތް ފިލްމުގެ ހާއްސަ ފެނިލުމަކުންނެވެ.
އެ ފިލްމުގެ ޝޫޓިން ލޮސް އެންޖެލަސްގައި މިހާރު ކުރިއަށް ދާ ކަމަށާއި މިއީ މޭގަން އޭނާގެ ގާތް ރަހުމަތްތެރިން ތަކަކަށްޓަކައި ކޮށްދިން ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މިއީ ހަތް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު މޭގަން ހޮލީވުޑްގެ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. 2018 ވަނަ އަހަރު ޝާހީ އާއިލާއަށް ކައިވެނި ކުރި ހިސާބުން އޭނާ ވަނީ ހޮލީވުޑުން ދުރަށް ޖެހިފަ އެވެ.
އެހެން ނަމަވެސް ޕްރިންސް ހެރީގެ ދެކަނބަލުންނާ ޝާހީ އާއިލާއާ ޖެހުނު މައްސަލައަށްފަހު އެ ދެކަނބަލުންގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުން މޭގަން ވަނީ ކޮންމެވެސް ވަރަކަށް އަމިއްލަ މަސައްކަތް ކުރަން ފަށާފަ އެވެ.
އެގޮތުން އޭނާގެ ނެޓްފްލިކްސް ޝޯ "ވިތު ލަވް މޭގަން" ދެވަނަ ސީޒަނަށް އާ ކޮށްފައިވާއިރު އެ ޝޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ.
ބީއެމްއެލްގެ މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑިއްޖެ
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
އަސްމާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި