ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެކްޓަރެކެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ މިވަނީ އޭނާގެ ބޮލީވުޑްއާއި ހޮލީވުޑްގެ ކެރިއަރުގައި ކުރެވުނު ތަޖުރިބާ އަޅާކިޔައި ވާހަކަ ދައްކާފަ އެވެ.
ޕްރިޔަންކާ ބުނީ ހުޅަނގުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކަށްވުރެ ބޮލީވުޑްގައި ކޮށްފައިވާ މަސައްކަތްތައް ތަފާތު ކަމަށާއި ބޮލީވުޑްގައި އެކި ކަހަލަ ފިލްމުތައް ކުޅުމުގެ ތަޖުރިބާ ލިބުނު ކަމަށެވެ.
އޭގެ އިތުރުން އޭނާގެ ހޮލީވުޑް މަސައްކަތްތަކުގައި ވެސް ތަފާތު ވައްތަރުތަކުގެ ފިލްމުތައް ހިމަނަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރިޔަންކާ ބުންޏެވެ.
"ކުއަންޓިކޯ"އިން ޕްރިޔަންކާ ހޮލީވުޑަށް ތައާރަފް ވިތާ މިދިޔަ ސެޕްޓެމްބަރު މަހަށް 10 އަހަރު ފުރުނުއިރު އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހިއްސާ ވެފަ އެވެ.
2000 ވަނަ އަހަރު މިސް ވޯލްޑް މުބާރާތް ކާމިޔާބު ކުރުމަށްފަހު ޕްރިޔަންކާ ބޮލީވުޑަށް ތައާރަފް ވެފައިވަނީ 2003 ވަނަ އަހަރު ނެރުނު ފިލްމު "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އިންނެވެ.
ބައްޕަގެ ފިލްމެއް ރީމޭކްއެއް ނުކުރާނަން: އަބީޝޭކް
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވުން ހޯމަ ދުވަހުގެ ރޭ