ހޮލީވުޑްގެ މަޝްހޫރު ތަރި މެތިއު ޕެރީގެ މަރުގެ މައްސަލާގައި އޭނާއަށް މަސްތުވާތަކެތި ފޯރުކޮށްދިން ޑޮކްޓަރު 30 މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ސެލްވެޑޯ ޕްލެސެންސިއާގެ މައްޗަށް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިއްހީ ޒިންމާތަކަށް އިހުމާލު ވެފައިވާތީ އެމެރިކާގެ ފެޑެރަލް ޖަލުގައި 30 މަސް ދުވަހުގެ ހުކުމެއް ތަންފީޒް ކުރަން ޖެހޭނެ ކަމަށެވެ.
އެ ހުކުމް އިއްވުމުގެ ކުރިން ސެލްވެޑޯ ވަނީ ބަލިމީހާގެ ސިއްހަތަށް ރައްކާތެރިވާން އޭނާ ކޮށްުފައިވާ ހުވައާ ހިލާފު ވެފައިވާތީ މެތިއުގެ އާއިލާގެ ކިބްއިން މައާފަށް އެދިފަ އެވެ.
މަސްތުވާތެކެތީގެ ބާވަތެއް ކަމަށްވާ ކެޓަމަައިން މެތިއުއަށް ފޯރު ކޮށްދިން ކަމަށް ސެލްވެޑޯ އިއުތިރާފުވީ މިދިޔަ ޖުލައި މަހު އެވެ. އެހެން ނަމަވެސް މެތިއު މަރުވީ ސެލްވެޑޯ ފޯރުކޮށްދިން ޑޯޒްއަކުން ނޫނެވެ.
2023 ވަނަ އަހަރު މެތިއު މަރުވެފައި އޮއްވާ ފެނުނުއިރު އޭނާ މަރުވީ ކެޓަމައިން އޯވާޑޯޒް ވެގެން ކަމަށް ސިއްހީ ރިޕޯޓުތަކުން އެނގުނެވެ. އެއާއެކު އެކަމުގައި އިހުމާލު ވެފައިވާ މީހުންނަށް އެމެރިކާގެ ސަރުކާރުން ދައުވާ އުފުލި އެވެ.
މެތިއުއަކީ ހޮލީވުޑްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އެކްޓަރަކަށް ވާއިރު އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ 1994 ވަނަ އަހަރުން 2004 އަށް ކުރިއަށްދިޔަ ސިޓްކޮމް "ފްރެންޑްސް" އެވެ.
މެންދުރުގެ ކެއުމަށްފަހު ނިދި އަންނަނީ ކީއްވެކަން އެނގޭތަ؟
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!
ލަންޑަނުގައި ޝާހްރުކް ޚާންއާއި ކާޖޮލްގެ މޮނިއުމެންޓެއް!