އިޒްރޭލާއި ހަމާސްއާ ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ މީހުންނަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން އެހީވާން ހޮލީވުޑްގެ އެކްޓަރު ގާލް ގެޑޮޓް ގޮވާލައިފި އެވެ.
ގާލްއާ ހަވާލާދީ ހޮލީވުޑްގެ ރިޕޯޓުތަކުން ބުނެފައިވަނީ ހަނގުރާމައިގައި އިޒްރޭލު މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެމީހުން ތިބީ ވަރަށް ހާލުގައި ކަމަށެވެ.
"އެމީހުންގެ އަތުން ވަރަށް ބައިވަރު ގެއްލިއްޖެ. އެމީހުންނަށް އެހީ ބޭނުންވޭ" އިޒްރޭލު މީހުންގެ ހާލަތާ ބެހޭގޮތުން ގާލް ބުނެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ގާލްއަކީ ފާޅުގައި އިޒްރޭލަށް ތާއީދުކުރާ އެކްޓަރަކަށް ވާއިރު އޭނާއަކީ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ވަނުމުގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާ، އައިޑީއެފްގެ އޮފިސަރެކެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހުގައި ގާލްގެ ވިސްނުން ހުރި ގޮތުން މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންގެ ފާޑުކިޔުން ވެސް އޭނާއަށް އަންނަނީ އަމާޒު ވަމުންނެވެ.
އެގޮތުން އޭނާގެ ފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާއިރު އެންމެ ފަހުން ރިލީޒްކުރި އޭނާގެ ފިލްމު "ސްނޯ ވައިޓް" ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
އަރަފާތް ދުވަހުގެ ހުތުބާ އާއި އީދު ނަމާދު ކުރައްވާނީ ދެ ބަފައިން
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓް އޮފީސް