ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބަލައިފާސްކުރި ހަތަރު ތަނަކުން ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދެ ގެއަކާއި ދެ އުޅަނދެއް ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި ބަލާފާސްކުރި އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އެ މައްސަލައާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ހާމައެއް ނުކުރެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
މެތިއުގެ ޑޮކްޓަރު ޖަލަށް ލާން ހުކުމް ކޮށްފި
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
ހުވަފެނުގެ ވާހަކަ: ސައިންސްގެ އަލީގައި!
