އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކަށް އަންހެން ކައުންސިލަރުން އިންތިހާބުކުރާ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ ދާއިރާތައް އަލުން ވަނީ ކަނޑައަޅާފަ އެވެ.
ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓެއް މިއަދު އާންމުކުރުމަށްފަހު އެ ކޮމިޝަނުން ވަނީ އޭގެތެރެއިން އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ދާއިރާތައް:
- ހުޅުމާލެ އުތުރު ދާއިރާ
- ހެންވޭރު އުތުރު ދާއިރާ
- ގަލޮޅު އުތުރު ދާއިރާ
- މައްޗަންގޮޅި މެދު ދާއިރާ
- މާފަންނު މެދު ދާއިރާ
- ހެންވޭރު ދެކުނު ދާއިރާ
އައްޑޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ދާއިރާތައް:
- ހިތަދޫ މާމެންދޫ ދާއިރާ
- ހިތަދޫ ބޭރުމަތި ދާއިރާ
- މަރަދޫ ދާއިރާ
- ފޭދޫ މަގުއްދޫ ދާއިރާ
ތިނަދޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ދާއިރާތައް:
- ތިނަދޫ އިރު އުތުރު ދާއިރާ
- ތިނަދޫ ހުޅަނގު ދެކުނު ދާއިރާ
ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ދާއިރާތައް:
- ކުޅުދުއްފުށި މެދު އުތުރު ދާއިރާ
- ކުޅުދުއްފުށި އިރު ދެކުނު ދައިރާ
ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ދާއިރާތައް:
- ދަޑިމަގު ދާއިރާ
- މާލެގަން ދާއިރާ
- ދޫނޑިގަން ދާއިރާ
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެހަތަރު ވަނަ ދުވަހު އެވެ.
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
