އއ. މަތިވެރިން ހދ. ހަނިމާދުއަށް ދިޔަ ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
ހަނިމާދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު މަތިވެރިން އެ ރަށަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ.
ކޮވިޑް ކޭސްތަކެއް ފެނި މަތިވެރި މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އެރަށުގައި އިއްޔެ ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ސާމްޕަލްތަކުންނެވެ.
ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމަށްޓަކައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ހަނިމާދު އާއި މަތިވެރީގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަކީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، އދ. މާމިގިލި، ތ. ވިލުފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، އއ. ބޮޑުފޮޅުދޫ، ބ. އޭދަފުށި، ކ. ހިންމަފުށި، ތ. ތިމަރަފުށި، ކ. ގުޅި އަދި ކ. މާފުއްޓެވެ.
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
ސަރުކާރަށް މެޖޯރިޓީ ދީފި ނަމަ ކައުންސިލްތައް އުވާލާނެ: ޣަފޫރު
އުދިތުއަށް އޭނާގެ ކުރީގެ އަންހެނުންގެ ތުހުމަތުތަކެއް!
