މީގެ ދެ ދުވަސް ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތޭހީއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ނޯރާގެ ކާރު އެކްސިޑެންޓް ވެފައިވަނީ މުމްބާއީގައި މިހާރު ކުރިއަށްދާ ސަންބާން ފެސްޓިވަލްގެ ތެރެއިން އެމެރިކާގެ ޑީޖޭއެއް ކަމަށްވާ ޑޭވިޑް ގުއެއްޓާއާއެކު ހަމަޖެހިފައިވާ ފެނިލުމަކަށް ދަތުރު ކުރަމުން ދަނިކޮށެވެ.
އެ އެކްސިޑެންޓް ހިނގުމާއެކު ނޯރާ ހޮސްޕިޓަލަށް ގެންދެވި ހެދި ސީޓީ ސްކޭންތަކުން އޭނާގެ ބޮލުގައި "ކޮންކަޝަން"އެއް ހުރިކަން ވަނީ އެނގިފަ އެވެ.
އެ އެކްސިޑެންޓަށްފަހު ނޯރާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަދި ދިރި އެބަ ހުރި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.
އެކްސިޑެންޓްގައި ނޯރާގެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އިދާރާތަކުން ބުނެ އެވެ.
ޑޮކްޓަރުން ނޯރާއަށް އަރާމު ކުރަން ލަފާ ދިން ނަމަވެސް އޭނާ ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ސަންބާން ފެސްޓިވަލަށް ގޮސް އެކަމުގައި ބައިވެރިވެފަ އެވެ.
ރޯދަ މަލާފަތް: ކަށިކެޔޮ ބަތްޕެނުން ކުޅު ދިޔާ ކޮށްލާނެ!
ރީ-ރަޖިސްޓްރޭޝަން އަށް އިތުރު 5 ދުވަސް
ރޯދަޔަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އޯޕީޑީ ގަޑިތަކަށް ބަދަލު ގެނެސްފި