ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ތިން މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން ދެ މީހަކު ބާކީކޮށް ޕްރައިމަރީއަކާ ނުލައި އަލީ މަސީހަށް ޓިކެޓް ދީފި އެވެ.
ފުވައްމުލަކު މޭޔަރު ކަމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ދެން ފޯމު ހުށަހެޅީ ނާސިހު މުހައްމަދާއި މާލިކު މުހައްމަދެވެ.
މީގެއިތުރުން ދޫޑިގަން ދާއިރާގެ ކައުންސިލަރު ކަމާއި މިސްކިތްމަގު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމުގެ ޓިކެޓް ވެސް ޕްރައިމަރީއަކާ ނުލައި ވަކި ބަޔަކަށް ވަނީ ދީފަ އެވެ.
ފުވައްމުލަކުގެ އިތުރުން ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް ކަމުގެ ޕްރައިމަރީއަށް ފޯމު ހުށަހެޅި އަހްމަދު ޖުނައިދާއި އިސްމާއީލް ޒަކީ އާއި ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް ކަމުގެ ޕްރައިމަރީއަށް ވާދަކުރެއްވި މިހާރުގެ ރައީސް އަހްމަދު ސަބާހު ވެސް ޝަރުތު ހަމަނުވާ ކަމަށް ޕީއެންސީން ވަނީ ނިންމާފަ އެވެ.
އެ ބޭފުޅުންނަށް ޕީއެންސީން ފޮނުވި މެސެޖްގައި ވަނީ ޕާޓީގެ ކަންކަމުގައި އެ ބޭފުޅުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއަށްޓަކައި މަސައްކަތް ކުރިޔަސް ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް އެ މެސެޖުގައިވެ އެވެ.
ޕްރައިމަރީގައި ވާދަކުުރުމުގެ ޝަރުތު ހަމަނުވަނީ ކީއްވެ ކަމެއް އެ މެސެޖުގައި ނެތެވެ. އަދި ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތައް މީގެކުރިން އެ ޕާޓީން އިއުލާންކޮށްފައެއް ވެސް ނުވެ އެވެ.
ވަޒީފާ އަދާކުރާ ރިސޯޓާ ކައިރިން ޒުވާނުންނަށް ބޯހިޔާވަހިކަން ދެނީ
ކިޑްނީ ބައްޔަށް ފަރުވާ ކުރާނަމަ ސަމާލުވާންޖެހޭ ކަމެއް!
މާ ގިނައިރު ސްކްރީނަށް ބަލަން ޖެހޭނަމަ ލޮލަށް ސަމާލުވޭ!
