ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ 60 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އިއްޔެ ސަލްމާންއަށް 60 އަހަރު ފުރުނުއިރު އެ މުނާސަބަތުގައި އޭނާގެ އާއިލާއިން ވަނީ ވަރަށް ކުލަގަދަ ހަފްލާއެއް ބާއްވައި އެކަން ފާހަގަކޮށްފަ އެވެ.
އެގޮތުން އެ ހަފްލާގެ ތެރެއިން ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނައިރު އެ ވީޑިއޯތަކުގައި ސަލްމާންގެ އުފަން ދުވަހުގެ ކޭކު ފަޅާއިރު ކައިރީގައި ތިބި އެންމެން އޭނާއަށް މަރުހަބާ ކިޔަ އެވެ.
ސަލްމާންގެ ޕާންވެލް ގޭގައި ބޭއްވި އެ ހަފްލާގެ ކުރިން އޭނާ ވަނީ އިންޑިއާގެ މީޑިއާއާއެކު ވެސް ކޭކު ފަޅައި އުފަން ދުވަސް ފާހަގަކޮށްފަ އެވެ.
ސަލްމާންގެ އުފަން ދުވަހާ ދިމާކޮށް އޭނާގެ ކުރިއަށް އޮތް ފިލްމު "ބެޓަލް އޮފް ގަލްވާން"ގެ ޓީޒާ ނެރެފައިވާއިރު އެ ޓީޒާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
1989ގައި ބޮލީވުޑަށް ތައާރަފްވި ސަލްމާންއަކީ މިއަދު އެ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ ތިން ޚާނުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
ޕްރައިމަރީން ނަން ނަގަން ފަލާހު، އައިމަންއަށް އަންގައިފި
މިއީ ސިކުނޑިއަށް ގެއްލުން ލިބޭ އާއްމު އާދަތަކެއް!
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި