ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒްއެއް ކަމަށްވާ "ޑޮން"ގެ ތިންވަނަ ފިލްމު މަޝްހޫރު ތަރި ރަންވީރު ސިންހް ވެސް ދޫކޮށްލާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރަންވީރު އެ ފިލްމު ދޫކޮށްލާފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ކާމިޔާބީއާއެކު އޭނާގެ އަގު ބޮޑު ކުރަން އެދުމުން އެކަން ނުކޮށްދިނުމުންނެވެ.
ދުރަންދަރުގެ ކާމިޔާބީއާއެކު އެ ފިލްމުގެ ތަރިން ފިލްމު ކުޅެދޭ އަގު ބޮޑު ކުރަމުން އަންނައިރު އެ ތަރިންނަށް ކުރިން ލިބިފައިހުރި ބައެއް ފިލްމުތައް އަންނަނީ ގެއްލަމުންނެވެ.
އެގޮތުން ރަންވީރުގެ އިތުރުން ދުރަންދަރްގެ އެކްޓަރު އަކްޝޭ ހަންނާ ވެސް މި ކަހަލަ ކަމެއްގައި ބެދި ފިލްމެއްގެ ޕްރޮޑިއުސަރު ވަނީ އޭނާއަށް ދައުވާ ވެސް ކޮށްފަ އެވެ.
ޑޮން ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މަޝްހޫރު ތަރި ޝާހްރުކް ޚާން އެވެ. ރަންވީރަށް އެ ތިންވަނަ ފިލްމު ހުށައެޅުނީ ޝާހު އެ ފިލްމު ދޫކޮށްލުމުންނެވެ.
ރަންވީރު ވެސް އެ ފިލްމުން ބޭރުވުމާއެކު ދެން ޑޮންގެ ރޯލުން ފެންނާނެ ތަރިއަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެއާއެކު ޝާހްރުކް ޚާން އަލުން ފެނިދާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ
ކެޓްރީނާގެ ޒުވާންކަމުގެ ސިއްރަކީ މިއީ!
ހިފާ ގެންގުޅޭ ސާމާނު ދޮންނަން ޖެހޭތަ؟