ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސޮނާކްޝީ ސިންހާއާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް އާ އަހަރުގެ ޗުއްޓީއަށް ވެސް ރާއްޖެއަށް އައިސްފި އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އައި ސޮނާކްޝީއާއި ޒަހީރު ޗުއްޓީ ހޭދަ ކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ސޯ މޯލްޑިވްސް ރިސޯޓުގަ އެވެ.
މި ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޮނާކްޝީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިހާރު ވަނީ ހިއްސާ ކޮށްފަ އެވެ.
މިދިޔަ މެއި މަހު ވެސް ސޮނާކްޝީގެ ދެމަފިރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އެފަހަރު އެމީހުން އައިސްފައިވަނީ ގާތް ރަހުމަތްތެރިއެއްގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަ ކުރާށެވެ.
އެފަހަރު ރާއްޖެއަށް އައިސް އޭނާ އާއްމުކުރި ވްލޮގެއްގައި ބުނެފައިވަނީ ރާއްޖޭގެ ނޫ ކަނޑުތައް ފެނުމުން އާޝޯހުވި ކަމަށާއި ރާއްޖެއަކީ އޭނާގެ އަމިއްލަ ގެ ކަމުގައި ދެކޭ ކަމަށެވެ.
ދިވެހި ރާއްޖެއަކީ ސޮނާކްޝީގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. މިދިޔަ އަހަރު ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެއަށް އަ އެވެ.

ސުވާލާއި ޖަވާބު: ހައިޟުވެރިޔާއަށް ގުރުއާން ކިޔެވިދާނެތަ؟
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!
ބޭނުން ކުރެވޭ ރިޒާވް މަހުން މަހަށް %12 އިތުރުވެއްޖެ