މިދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ގިނަ ބެއެއްގެ ލޯތައް އަމާޒުވި ފިލްމު "ހައްގު" އޯ ނެޓްފްލިކްސްގައި ރިލީޒް ކޮށްފި އެވެ.
އިމްރާން ޚަޝްމީއާއި ޔަމީ ގޯތަމް މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު މިއަދުން ފެށިގެން ނެޓްފްލިކްސްއިން ބެލޭނެ ކަމަށް ނެޓްފްލިކްސް އިންޑިއާއިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމުން ފެނިގެންދަނީ ކައިވެންޏެއް ރޫޅުމަށްފަހު މުސްލިމް އަންހެނަކު އޭނާގެ ހައްގުތައް ހޯދަން ކުރާ މަސައްކަތެވެ.
ނެޓްފްލިކްސްއިން އެކަން އިއުލާން ކުރަން ކުރި ޓްވީޓުގައި ބުނެފައިވަނީ ގޭގެ އޮޅިގަނޑުން ފެށިގެން ޝަރީއަތުގެ މަޖިލީހާ ހަމައަށް އަންހެނެއްގެ ހިތްވަރު އެ ފިލްމުން ފެންނާނެ ކަމަށެވެ.
"ހައްގު"ގެ މައުޟޫގެ ސަބަބުން އެ ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނުއިރު އެންމެ ބޮޑަށް މީހުން ފާހަގަ ކޮށްފައިވަނީ ފިލްމުގައި ޔަމީ ދައްކުވައިދިން އެކްޓިން އެވެ.
ކަން އެހެން އޮތް ނަމަވެސް އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އެ ފިލްމަށް ލިބުނީ ޖުމްލަ 28 ކްރޯޑް ރުޕީސް އެވެ.
އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށްފި
މި އަހަރު އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނެ: ރައީސް
ފައްތާހުގެ ކުއްލި ވަކިވުމާއެކު ދިވެހި ފިލްމީ ދާއިރާއަށް ސިހުމެއް!