ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ކިނޮޅަސް ކައިރީ ކަނޑުމަތިން، މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކަމާ ގުޅޭ އިތުރު ތަފްސީލު ލިބެމުންދާވަރަކަށް ހިއްސާކުރާނެ ކަމަށެވެ.
ހާރެއް އަޅާފައިވާ ފައިދިގު މަކުނެއް ފެނިއްޖެ؟
ކަސްރަތަށް ހިނގާއިރު ހެދޭ އާއްމު ގޯސްތަކާއި އޭގެ ހައްލު!
