ޖިންސީ ގޯނާކުރުމާއި ރޭޕުކުރުމުގެ މައްސަލަތައް އިތުރުވުމާއި އެފަދަ މައްސަލަތައް މަދުކުރުމާއި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިގަރާރު ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެފައިވާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.
މިކަމުގެ ސަބަބުން މުޖުތަމަޢުގައި ނާމާންކަން އިތުރުވެ، މަގު މައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.
ގަރާރުގައި ވަނީ މިފަދަކަންކަމުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
ޖިންސީ ގޯނާކުރުމާއި ރޭޕުގެ މައްސަލަތައް އާދަޔާ ޚިލާފަށް އިތުރުވަމުންދާތީ އެފަދަ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރުމަށް ގޮވައިލާ މާލޭގައި ރޭ ވަނީ މުޒާހަރާއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
އާޖެންޓީނާގެ މި މަންޒިލަށް ގިނަ ބައެއްގެ ހިތް ލެނބެނީ!
އުފާވެރި ދިރިއުޅުމަކަށް ލޯބީގެ ގުޅުމެއް މުހިއްމެއް ނޫން!