މި ފެށުނު އާ އަހަރާ ގުޅުވައިގެން ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި އޭނާގެ ދަރިފުޅު ރަހާ ކަޕޫރުގެ ވަރަށް ލޯބި ފޮޓޯއެއް އާއްމު ކޮށްފި އެވެ.
ރަންބީރުގެ އަނބިމީހާ އަދި ރަހާގެ މަންމަ އާލިއާ ބަޓް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެ އާއިލާގެ އާ އަހަރުގެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ވަނީ ހިއްސާ ކޮށްފަ އެވެ.
އެއިން ފޮޓޯއެއްގައި ރަންބީރު އުފަލާއެކު ދަރިފުޅު ރަހާ އުރާލައިގެން ވައިގެ ތެރެއަށް ދިއްކޮށްގެން ހުންނަ މަންޒަރު ފެނެ އެވެ. އެމީހުންގެ ފަހަތުން އާލިއާ ވެސް ހުއްޓެވެ.
ހުދު ކުލައިގެ ހެދުމެއްގައި އެ ތިން މީހުން ވެސް ތިބިއިރު އެ ފޮޓޯއަކީ އާ އަހަރު ފާހަގަކުރަން އެ އާއިލާއިން އިންޑިއާއިން ބޭރަށް ކުރި ދަތުރުގެ ތެރެއިން ގޮނޑުދޮށެއްގައި ނަގާފައިވާ ފޮޓޯ އެކެވެ.
އެ ފޮޓޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ދަނީ ރަންބީރުއާއި ރަހާގެ ގުޅުން ފާހަގަކޮށް އެއީ ބައްޕައާއި އަންހެން ދަރިއެއްގެ ގުޅުން އޮންނަންވީ ގޮތް ކަމަށް ބުނަމުންނެވެ.
ރަންބީރާއި އާލިއާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އާލިއާ އެންމެ އަވަހަށް ފެންނާނީ ސްޕައި ފިލްމު "އަލްފާ"އިންނެވެ. ރަންބީރުގެ ކުރިއަށް އޮތް މަސައްކަތަކީ "ރާމަޔާނާ" އެވެ.
އަންނަ މަހު 12 ގައި ތޮއްޑުއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ
އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި