ހިންދީ ސީރީޒްތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ޖޯޑެއް ކަމަށްވާ ޖޭ ބަނޫޝާލީއާއި މާހީ ވިޖްގެ ކައިވެނި 14 އަހަރަށްފަހު ނިމުމަކަށް އައިސްފި އެވެ.

އެ ދެމީހުންގެ ކައިވެނި ރޫޅުނުކަން މިދިޔަ އާދީއްތަ ދުވަހު މާހީގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވަނީ ޔަގީން ކޮށްދީފަ އެވެ.

އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ކައިވެނީގެ ގުޅުން ނެތް ކަމުގައި ވިޔަސް އެ ދެމީހުންގެ މެދުގައި އޮތް އިހުތިރާމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެއާއެކު އެމީހުންގެ ކައިވެންޏަށް ލިބުނު ތިން ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ވެސް ދެމީހުން ވެސް ޝާމިލުވާނެ ކަމަށް މާހީ ބުނެފައިވެ އެވެ.

ޖޭއާއި މާހީގެ ކައިވެނި ރޫޅުނު ސީދާ ސަބަބެއް ނޭނގުނު ނަމަވެސް ބައެއް ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ވަރިވީ ޖޭ މާހީއަށް ބޭވަފާތެރިވުމުންނެވެ.

ޖޭއާއި މާހީ އާއްމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ހޯދާފައިވަނީ ޑާންސް ރިއަލިޓީ ޝޯ، ނަޗް ބަލިޔޭ ސީޒަން 5ގައި ބައިވެރިވެ އެ ޝޯ ކާމިޔާބު ކުރުމުންނެވެ.