ގަރާޖެއްގެ ލިޔުން ހުށަނާޅައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ގާނޫނުގައި މިހާރު އޮތްގޮތުންނަމަ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅނަދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެ އެވެ. އަދި އެއްގަމު އުޅނަދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ގާނޫނު އޮންނަގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެ އެވެ.
މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވުމުން، އެ އިސްލާހުތަށް ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓްގައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް، ނުވަތަ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެއުޅަނދު ބާއްވާނެ ކަމުގެލިޔުން ހުށަހެޅުން ލާޒިމު ނޫންކަމަށެވެ.
އެގޮތަށް އިސްލާހު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައި ވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވަރަށްބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. މިކަން ހައްލުކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީއާއި ސިޓީ ކައުންސިލުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވެ އެވެ.
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
ދެން ކޮންމެ މީހަކަށް 10 ކާރުގެނޭ. ލާރި ފަށެއް ހަދަލާނެ