ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއްގައި ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހީމް އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
އަނާމް ހިމެނޭހެން އިތުރު ބަޔަކު ފުލުހުން އިއްޔެ ހައްޔަރުކުރީ މާލެ އާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުން 10 ގެ ބަލައި ފާސްކުރުމަށްފަހުއެވެ.
އޭނާގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފާއި އެރަށު މިޔުޒިކީއާގެ، އަހްމަދު މަދީހުގެ އިތުރުން އަރާއިރު، ނޫރުއްނިޒާމެވެ.
އެ މީހުންގެ ބޭންކު އެކައުންޓްތަކުގައި ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ ދައުރުވެފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
އެ މީހުންގެ ތެރެއިން ނޫރުއްނިޒާމް ފިޔަވައި އެހެން އެންމެން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނޫރުއްނިޒާމްގެ ބަންދަށް އިތުރު ކުރީ 15 ދުވަހެވެ.
ދިރާގުން ދޭ ފުރުތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުން ހުކުރުގައި
ޖޫރިމަނާ ކުރީ ހުއްދަވެސް ނެގި ފަހުން
ހާލު ދެރަވި އުމްރާވެރިޔާ މާލެ ގެނެސްފި
