2025 ވަނަ އަހަރުގެ "ދުނިޔޭގެ އެންމެ ރީތި 100 މޫނު"ގެ ލިސްޓުގައި ބޮލީވުޑްގެ އަރަމުން އަންނަ ތަރި ވަރުން ދަވަން ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ތަރިން ހިމަނައިގެން އެކުލަވާލާފައިވާ އެ ލިސްޓުގައި ހިމެނިފައިވާ ބޮލީވުޑްގެ ހަމައެކަނި ތަރިއަކީ ވެސް ވަރުން އެވެ.

ވަރުންގެ އިތުރުން ލިސްޓުގައި ހިމެނޭ މަޝްހޫރު ތަރިންގެ ތެރޭގައި ޑޭވިޑް ބެކަމްއާއި ކްރިސް އިވަންސްއާއި ހެރީ ސްޓައިލްސްގެ އިތުރުން ޓޮމް ހޮލޭންޑް ވެސް ހިމެނެ އެވެ.

މި ޝަރަފާއެކު ވަރުންއަށް ލިބެމުން އަންނަ ބައިނަލްއަގްވާމީ ކާމިޔާބީތަކަށް ބޮޅެއް އިތުރުވެފައިވާއިރު އޭނާގެ ސަޕޯޓަރުން އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.

2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ވަރުން ވަނީ އަހަރުތަކުގެ ތެރޭގައި ތަފާތު ހުށައެޅުންތަކެއް ދައްކުވައިދީ ބައިނަލްއަގްވާމީ ސަމާލުކަން ހޯދާފަ އެވެ.

ވަރުންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އިންޑިއާގެ އަސްކަރިއްޔާގެ ކަންކަން ދައްކުވައިދޭ ފިލްމު "ބޯޑާ 2" އިންނެވެ.