90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ އެކްޓަރު ގޯވިންދާއަށް ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށް އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ވަނީ އޭނާއާއި ގޯވިންދާގެ ކައިވެންޏާ ބެހޭގޮތުން މީގެ ކުރިން އެނގިފައިނުވާ ވާހަކަތަކެއް ހިއްސާ ކޮށްފަ އެވެ.
ކައިވެނީގެ ބޭރުން ގޯވިންދާ އެހެން އަންހެނުންނާ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރަމުން ސުނީތާ ބުނީ އެކަހަލަ އަންހެނުން ގޯވިންދާގެ ދިރިއުޅުމަށް އައިސް ގޮސް ހަދާ ކަމަށެވެ.
އޭގެ އިތުރުން މިހާރު ގޯވިންދާއާއަކީ އުމުރުން 63 އަހަރުގެ މީހެއް ކަމަށާއި ދިރިއުޅުމުގައި ކުރަންޖެހޭ އެހެން ކަންކަމަށް ސަމާލުކަން ދިނުން އޭނާއަށް މާ މުހިއްމު ކަމަށް ވެސް ސުނީތާ ބުންޏެވެ.
އެގޮތުން އަންހެން ދަރިފުޅު ޓީނާގެ ކައިވެނި ކުރަން ޖެހިފައިވާ ކަމާއި ފިރިހެން ދަރިފުޅު ޔަޝްގެ ކެރިއަރަށް އެހީވާން ޖެހޭ ކަމަށް ފާހަގަ ކުރަމުން ސުނީތާ ވަނީ އެ ކަންކަމަށް ވެސް ގޯވިންދާ އިހުމާލު ވެފައިވާ ކަމަށް ބުނެފަ އެވެ.
ގޯވިންދާއާއި ސުނީތާގެ ކައިވެނީގައި މައްސަލަތައް ގިނަވެ ވަރިއަކަށް މިސްރާބު ޖަހާފައިވާ ކަމަށް މިދިޔަ އަހަރުން ފެށިގެން މީޑިއާގައި ހަބަރު ފެތުރެމުން ދިޔަ ނަމަވެސް މީގެ ކުރިން ސުނީތާ ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ.
ސޯނޫއަށް ލިބުނު އެވޯޑަކަށް އިންކާރުކުރިކަން އެނގޭތަ؟
ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ދަރިންނަށް ގިނަ ގެއްލުންތަކެއް!
ބަލި ގަބޫލުކޮށް އަލީ އާޒިމް މޭޔަރު އާޒިމަށް ތާއީދު ކުރައްވައިފި