ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަށް އެންމެ ފަހުން ގޯވިންދާ ރައްދު ދީފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގޯވިންދާ ބުނީ އޭނާއަކީ ވަކި ބައެއްގެ ނުބައި ރޭވުމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށެވެ.
އެގޮތުން ސުނީތާ ބޭނުންކޮށްގެން އޭނާގެ އަގު ވައްޓާލައި ބަދުނާމު ކުރަން އެ ބަޔަކު ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.
ސުނީތާގެ އެ ވާހަކަތަކަށް ރައްދު ދޭން ގަސްދުކުރީ ހަނު ހުރުމަކީ އޭނާގެ ބަލިކަށިކަން ކަމުގައި އާއްމުންނަށް ހީވެދާނެތީ ކަމަށް ވެސް ގޯވިންދާ ބުންޏެވެ.
ގޯވިންދާ އިތުރަށް ބުނީ އާއިލާއެއްގެ މަސްލަހަތު ނަގާލައި ގަޑުބަޑު ކޮށްލަން ގަސްދުގައި ރާވައިގެން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިން ސުނީތާ ދިން އެ އިންޓަވިއުގައި އޭނާ ވަނީ ގޯވިންދާ ކައިވެނީގެ ބޭރުން ގުޅުންތައް ބާއްވައި އޭނާއަށް ބޭވަފާތެރި ވެފައިވާތީ ދުވަހަކުވެސް އޭނާއަށް މައާފު ނުކުރާނެ ކަމަށް ބުނެފަ އެވެ.
ގޭހުގެ އިތުރު ސްޓޮކެއް ގެނެސް 10 ކިލޯގެ ގޭސް ވިއްކަން ފަށައިފި
ސްކޫލު ދައުރު ނިންމާ މިލިޓަރީ ޓްރެއިނިންގ ނުހަދަނީސް ވަޒީފާ ނުދީ
ހޭންޑީ ބިއްލޫރި ފެންފުޅި ބޭނުން ކުރުން މަނާކޮށްފި