ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ފަރާ ޚާން ދިގު މެދުކެނޑުމަކަށްފަހު އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރު ކަމަށް ބުނެފި އެވެ.
ޓީވީ އެކްޓަރު ނަކުލް މެހެތާގެ ގެއަށް ގޮސް ނަގާފައިވާ ވީޑިއޯއެއްގައި ފަރާ ވަނީ އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ފަރާގެ ފިލްމެއް ބަލަން ބޭނުންވާ ކަމަށް ނަކުލް ބުނުމުން ފަރާ ބުނީ އޭނާގެ ދަރިން ކޮލެޖަށް ދާން ފެށުމުން ޑައިރެކްޝަނަށް އެނބުރި އަންނަން ތައްޔާރު ކަމަށެވެ.
ފަރާ ބުނީ އޭނާ ފިލްމެއް ޑައިރެކްޓް ކުރާނަމަ ކުރާނީ ޝާހްރުކް ޚާން އުޅޭ ފިލްމެއް ކަމަށާއި ނޫން ނަމަ މިހާރުވެސް އޭނާ ކުރަމުން އަންނަ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.
ފަރާ މިހާރު އަންނަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ހިންގަމުންނެވެ. އެ ޗެނަލްގައި އޭނާގެ ކައްކާއާއެކު ނަގާ ވީޑިއޯތަކަކީ ވަރަށް ބޮޑަށް ވައިރަލްވާ ވީޑިއޯތަކެކެވެ.
ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހެޕީ ނިއު އިޔާ" އެވެ. އެ ފިލްމުގައި ވެސް ޝާހްރުކް ޚާން ފެނިގެންދިޔަ އެވެ.
އޭގެ ކުރިންު ރިލީޒް ކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި " މޭ ހޫން ނާ"، "އޯމް ޝާންތި އޯމް" އަދި "ތީސް މާރް ޚާން" ހިމެނެ އެވެ.
ބެކަމް އާއިލާގެ މެދުގައި ހާޖާނު ބޮޑުވެއްޖެ
ހަގު އުމުރުގައި ފޯނު ދޭނަމަ ނަފްސާނީ ބަލިތަކަށް މަގުފަހިވޭ!