މާލޭގެ ގޭގޭގައި ނައްތައިލަން ހުރި ކީރިތި ގުރުއާނުގެ މުސްހަފްތަކާއި، ވަކިވަކި އާޔަތްތައް ހުރި ނަމަ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ އިދާރާއިން ހުޅުވައިލައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުސްހަފްތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، ކައުންސިލާ ހަވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ތަކެތި ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ތަކެތި ބަލައިގަންނާނީ:
- މާލެ: ސިނަމާލެ-3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ-3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ)
- ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
- ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
ބާވެފައިވާ މުސްހަފްތަކާއި، ކީރިތި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ނައްތައިލުމުގެ މަސައްކަތް މީގެ ކުރިން ވެސް ކަމާ ބެހޭ އިދާރާތަކުން ކޮށްފައިވެ އެވެ.
"އަދަދު" ނޫހުގެ ސިޔާސީ ކާޓުން ސެގްމަންޓު ހުއްޓާލަން އަންގައިފި
އާނަންތާއި ރާދިކާ އިތާފުށީގައި!