މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
ޕީއެންސީން ރޭ ބޭއްވި ކެމްޕޭން އިވެންޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން ނިމިފައިވާތީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިދިޔަ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 އިން މާލޭގެ ރައްޔިތުންނަށް ގޯތި ދީފަ އެވެ. އެތަނުން ގޯތި ލިބުނު 698 ގޯތީގެ ގުރުއަތުލުން އަލުން ވަނީ މި ސަރުކާރުން ކުރިއަށްގެންގޮސްފަ އެވެ.
ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކައި ނިންމައި އެތަނުން ދީފައިވާ ގޯތިތައް ވެސް މި އަހަރުގެ ތެރޭގައި އޭގެ ހައްގުވެރީންނާ ހަވާލުކުރެވޭނެ ކަމަށެވެ.
ގިރާވަރުފަޅު ހިއްކައި ނިމުމުން ދެން ހިއްކާނީ އުތުރުތިލަފަޅެވެ. ރައީސް މުއިއްޒު ނިންމާފައި ވަނީ އެތަނުން ހަމައެކަނި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. އެކަމަކު ކުރީގެ ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އަތޮޅުތެރޭގެ ރައްޔިތުންނަށް އެތަނުން ގޯތި ދިނުމަށެވެ.
ސައިންޓިފިކް ގޮތުން ވެސް ދީޕިކާގެ ރީތިކަމަށް އެއްވަނަ!
ބޯހިޔާވަހިކަން ދޭންވީ އެއްވެސް ގެދޮރެއް ނެތް މީހުންނަށް
އޮޅުވާލައިގެން ފައިސާ ހޯދި ބިދޭސީންތަކެއް ހައްޔަރުކޮށްފި
