އިންޑިއާގައި މަޝްހޫރު ޝަހްސިއްޔަތެއް ކަމަށްވާ އުރްފީ ޖާވިދު އިސްލާމް ދީނުން ބޭރުވެ އޭނާގެ ނަން "ގީތާ ބާރަދްވާޖް"އަށް ބަދަލު ކޮށްފައިވާ ކަމަށް ބުނެފި އެވެ.
އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ފައިޒާން އަންސާރީ ބުނެފައިވަނީ އުރްފީއަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އޭނާގެ ނަމަކީ މިހާރު ގީތާ ކަމަށެވެ.
މިކަމާ ބެހޭގޮތުން އުރްފީގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަމިއްލައަށް އިސްލާމްދީން ދޫކޮށްލިތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މިހާރު މީހުން ފަތުރާ ވާހަކަތަކަކީ ދޮގު ކަަމަށެވެ.
އެއާއެކު އުރްފީ ވަނީ އޭނާގެ ނަން ބަދަލުކުރި ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ދެކޮޅު ހަދައި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އުރްފީ އިތުރަށް ބުނީ އޭނާއަކީ އެއްވެސް ދީނަކަށް ނިސްބަތްނުވާ "އެތީސްޓެއް" ކަމަށާއި އޭނާގެ ދީނީ ފިކުރުތައް އެއްވެސް ދީނަކާ ގުޅިފައިނުވާ ކަމަށެވެ.
އުރްފީއަކީ އާއްމު ގޮތެއްގައި ވެސް އޭނާގެ ހެދުން އެޅުމާއި އަމަލުތައް ހުންނަ ގޮތުން މުސްލިމުންގެ އިތުރުން އެހެން ދީންތަކުގެ މީހުންގެ ފަރާތުން ވެސް ފުރައްސާރަ އަމާޒުވާ ތަރި އެކެވެ.
ހެރީގެ ކޮންސެޓުތަކުގެ އަގުބޮޑުވާ މައްސަލަ ހޫނުވެއްޖެ
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
ކަސްރަތު ކުރުމުގެ ކުރިން ކެއުން ގެންގުޅެންވީ ކިހިނެއް؟