ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ހޮލީވުޑް ފިލްމު ސީކުއަލް "ޑެވިލް ވެއާސް ޕްރާޑާ 2"ގެ އެންމެ ފުރަތަމަ ޓްރެއިލާ އާއްމުކޮށްފި އެވެ.
20 ސެންޗަރީ ސްޓޫޑިއޯސްއިން މިދިޔަ އާދީއްތަ ދުވަހު އާއްމުކުރި އެ ޓްރެއިލާގައި ފިލްމުގެ ފުރަތަމަ ބައިން ފެނުނު ތަރިން ފެނިގެންދެ އެވެ.
އެގޮތުން އެމިލީ ބްލަންޓް، އޭން ހެތަވޭ، މެރީލް ސްޓްރީޕް އަދި ސްޓޭންލީ ޓޫސީ ވެސް އެމީހުންގެ ކުރީގެ ރޯލުތަކަށް އައިސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ މަޝްހޫރު ފެޝަން މެގަޒިންއަކަށް މަސައްކަތްކުރާ ނޫސްވެރިއެއް ކަމަށްވާ އޭންޑީ (އޭން ހެތަވޭ) އޭނާގެ ކެރިއަރު ބިނާކުރަން ކުރާ މަސައްކަތެވެ.
މިއީ މީގެ ވިހި އަހަރު ކުރިން 2006 ވަނަ އަހަރު ނެރުނު "ޑެވިލް ވެއާސް ޕްރާޑާ"ގެ ވާހަކައާ ގުޅުވައިގެން ގެނެސްދެވޭ ވާހަކައަކަށް ވާނެ އެވެ.
ޑެވިލް ވެއާސް ޕްރާޑާ 2" އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ސިންމާތަކަށް އަންނަން ހަމަޖެހިފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ކެތްމަދުވެފައިވާ ކަމަށް ބުނަމުންނެވެ.
ހަކުރު ބަލީގެ ތަޖުރިބާ އަންހެނުންނާއި ފިރިހެނުންނަށް ތަފާތު!
ރާއްޖޭގެ ސަރަހައްދުން ލަންކާގެ ދެ މަސް ބޯޓެއް އަތުލައިގެންފި
ދިރާގު ގޭމާސް ގިލްޑް ސީސަން 2 ލޯންޗްކޮށްފި