ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑިރެކްޓަރު ރޯހިތު ޝެޓީގެ ގެއަށް ބަޑީގެ ހަމަލާތަކެއް އަމާޒުވުމާއެކު އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސައިކަލުގައި އައި މީހަކު ވަނީ މުމްބާއީގެ ޖުހޫގައި ހުންނަ އެ ގެއަށް އަމާޒުކޮށް ބަޑީގެ ފަސް ވަޒަން ޖަހާފަ އެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެފަދަ ދެވަނަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެ ހަމަލާއަށްފަހު މާ ގިނައިރުތަކެއް ނުވެ މުމްބާއީގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއީ ގޭންގުން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފަ އެވެ.
އެ ގޭންގުގެ މެމްބަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯހިތުގެ ގެއަށް ހަމަލާ ދޭން ޖެހުނީ އެ ގޭންގުގެ މަސައްކަތަށް ހުރަސް އަޅާތީ ދެވުނު އިންޒާރުތަކަށް ބޯނުލެނބުމުން ކަމަށެވެ.
ލޮރެންސް ބިޝްނޯއީ ގްރޫޕަކީ ދެހާހުގެ ކުރީކޮޅު ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ "ބްލެކް ބަކް" ކޭސްގައި ވެސް ސަލްމާންއަށް މަރުގެ އިންޒާރު ދިން ގޭންގެކެވެ.
މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހާ ފުލުހުން ހައްޔަރު ކުރެވިފައިވާއިރު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟
ކުޑަކަމުދިއުން ލަސް ކުރުމަކީ ގޯހެއް
އޭޕްރީލް 4ގަ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގާނެ ކަމަށް ބެލެވޭ