ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން ޖޭއެސްސީން ނިންމީ ރައޫފާއި ޝަފީއު ހައި ކޯޓަށް އައްޔަންކުރުމަށެވެ.
މީގެއިތުރުން ކްރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަންކުރަން ވަނީ ނިންމާފައެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް ވަނީ ރިޓަޔާކުރުމުގެ ފުރުސަތު އޭނާއަށް ދީފަ އެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އޭނާ ވަނީ އިސްތިއުފާދެއްވާފަ އެވެ.
އަލަށް އައްޔަންކުރާ ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ
މާ ބުރަކޮށް އުޅުމުގެ ނުރައްކާ ދުންފަތުގެ ނުރައްކަލާ އެއްވަރު!
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
