ނިމިގެންދިޔަ ގްރެމީ އެވޯޑް ހަފްލާގައި އެ ހަފްލާގެ ހޮސްޓް ޓްރެވާ ނޯއާ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި އެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގްރެމީއަކީ އެއްވެސް ވަރަކަށް ބަލަން ކަމުދާ ހަފްލާއެއް ނޫން ކަމަށާއި ހޮސްޓް ޓްރެވާއަކީ އެއްވެސް ގޮތެއް ނެތް މީހެއް ކަމަށެވެ.
ޓްރަމްޕްގެ ރުޅިގަނޑު ޓްރެވާއަށް ފަޅައިގެން ގޮސްފައި މިވަނީ އެވޯޑް ހަފްލާގެ ތެރެއިން ޓްރަމްޕްއަށް އަމާޒުވާ ގޮތަށް ޓްރެވާ ބުނެފައިވާ ބަހަކުންނެވެ.
އެގޮތުން ސޯންގް އޮފް ދަ އިޔާގެ އެވޯޑް ބިލީ އެއިލިޝްއަށް ލިބުމަށްފަހު ޓްރެވާ ބުނީ އެ އެވޯޑަކީ ޓްރަމްޕް ގްރީންލޭންޑް ހިފަން ބޭނުންވާ ފަދައިން ހުރިހާ ފަންނާނުން ވެސް ބޭނުންވާ އެވޯޑެއް ކަމަށެވެ.
މީގެ އިތުރުން ޓްރެވާ ވަނީ އޭނާގެ ވާހަކައިގައި މިހާރު ފެންމަތިވެފައިވާ އެޕްސްޓެއިން ފައިލްސްއާ ވެސް ޓްރަމްޕްގެ ނަން ގުޅުވާފަ އެވެ. އެކަމަށް ވެސް ޓްރަމްޕް ރައްދު ދިނެވެ.
"ވާހަކަ ދެއްކުމުގެ ކުރިން ދައްކާ ވާހަކައިގެ ހަގީގަތް ބަލައި ސާފު ކުރަން ރަނގަޅުވާނެ. އަހަރެންގެ ވަކީލުން ފޮނުވާނަން. ތައްޔާރަށް ހުންނާތި" ޓްރަމްޕް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ޓްރަމްޕްގެ މި އިންޒާރަށް ޓްރެވާގެ އެއްވެސް ބަހެއް ލިބިފައިނުވާއިރު މި ދައުވާއާއެކު ޓްރަމްޕް ކުރިއަށް ގޮސްފިނަމަ އެ މައްސަލަ ވެގެންދާނީ އެމެރިކާގެ އެންމެ ބޮޑު އެއް މައްސަލަ އަށެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި