އާސަންދަ ކުންފުނިން ސިޔާސީ ޕާޓީތަކަށް އާއްމުންގެ ޒާތީ މައުލޫމާތު ދޭ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި އާސަންދައިން ދަނީ ސިޔާސީ ޕާޓީތަކަށް މީހުންގެ ފޯނު ނަންބަރު ދެމުންނެވެ.
އެގޮތުން އެކަކު ބުނެފައިވަނީ އޭނާގެ މަންމަ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން އޭނާގެ ފޯނަށް ގުޅަމުން ދާކަމަށެވެ. އަދި މަންމަގެ ނަމުގައި އޭނާގެ ފޯނު ނަންބަރު ދީފައިވާނީ އާސަންދައަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މި ފަދަ އެހެން ހާދިސާއަކާ ގުޅޭގޮތުން އެހެން މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހޯދަން ކަމަށް ބުނެ އޭނާގެ ނަންބަރަށް ކެމްޕޭން އޮފީހަކުން ދާދިފަހުން ފޯނު ކުރި ކަމަށެވެ. އަދި އޭނާގެ ނިޔާވެފައިވާ މަންމަގެ ނަމުގައި އޭނާގެ ނަންބަރު ދީފައިވާނީ ބޭންކް އޮފް މޯލްޑިވްސް އާއި އާސަންދައަށް އެކަނި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އޭނާއަށް ގުޅާފައިވަނީ މިހާރު މޭޔަރަކަށް ކުރިމަތިލައިގެން އުޅުއްވާ ކެނޑިޑޭޓެއްގެ ކެމްޕޭން އޮފީހުން ކަން ފާހަގަކޮށް ބުނީ، މީ ވަރަށް ކަންބޮޑުވެ ދެރަވާ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މިފަދަ މައުލޫމާތު އިދާރާތަކުން ލީކް ކުރުމަކީ ފިޔަވަޅު އަޅަން ޖެހޭނެކަމެއް ކަމަށް ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ބޭރުގެ ގައުމުތަކުގައި މިފަދަ އަމަލުތައް ހިންގާ އިދާރާތަކަށް ހަރުކަށި ފިޔަވަޅު އަޅާކަން ފާހަގަކޮށް މީހަކު ބުނީ ރާއްޖޭގައި މިފަދަ ކަންކަން ތަކުރާރު ކުރި ނަމަވެސް އެއްވެސް ސަރުކާރަކުން މިފަދަ ކަންކަން ހުއްޓުވަން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން މީހުންގެ އަމިއްލަ ފޯނު ނަންބަރު ހޯދައިގެން މެސެޖްކޮށް ގުޅުމަކީ ކޮންމެ އިންތިހާބަކާއި ކެމްޕޭނަކާ ދިމާކޮށް އަބަދުވެސް އިވޭ ޝަކުވާ އެކެވެ.

ގެއްލުމުގެ ބަދަލު ކަނޑައެޅި އޮޑިޓް ރިޕޯޓް ހަވާލުކުރަން ހުކުމެއް
ހަފްތާއެއް ތެރޭގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓް
ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!