"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރޯދަ މަސް ފެށިގެން ކުރިއަށް ދާއިރު ރޯދަ މަހުގެ ހަމަ ކޮންމެ ދުވަހަކު ރޯދައަށް ހުރުމަށް ވަކިވަކިން ނިޔަތް ގަންނަން ޖެހޭނެ ކަމަށް އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ސުވާލު: ކޮންމެ ދުވަހަކަށް ވަކިވަކިން ރޯދައިގެ ނިޔަތް ގަންނަން ޖެހޭތަ؟
ޖަވާބު: ރަމަޟާން މަސް ބޯމަތި ވެގެން އަންނައިރު އެ މަހުގެ ހުރިހާ ދުވަހަކު ރޯދައަށް ހުންނަން ހިތުން ނިޔަތް ގަނެގެން ފުރަތަމަ ދުވަހުގެ ރޯދަ ހިފާ މީހާ ދެން އިތުރަށް ނިޔަތް ގަންނާކަށް ނުޖެހޭނެ އެވެ.
އެހެނީ އޭނާގެ ހިތުގައި މުޅި ރޯދަ މަހު ރޯދައަށް ހުރުމަށް ނިޔަތް އޮވެ ދުލުން ނިޔަތް ކިޔަން ހަނދާން ނެތުނު ނަމަވެސް އޭނާގެ ރޯދަ ސައްހަވާނެ އެވެ.
ޖަވާބު ދެއްވީ: ޝެއިޚް އައްސީމް އަލް ޙަކީމް
އަޒީމްގެ ބަދިތައް ހެދީ އިހުގެ ގޮތަށް!
ނަފްސާނީ ބަލިތަކަށް އެހީތެރިކަން ހޯދުން މުހިންމުވަނީ ކީއްވެ؟
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި