ރޯދަ މަހުގެ ފަހު ދިހައެއްގެ ބަންދު ކުރިން އޮފީސް ހުޅުވިފައި ހުންނަ އެންމެ ފަހު ދުވަސް ކަމަށްވާ 8 މާޗުގައި އެއްވެސް ސަބަބަކާހުރެ އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް ބަންދު މުއްދަތުގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށް ސަރުކާރު މުވައްޒަފުންނަށް އަންގައިފި އެވެ.
ސަރުކާރު މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ބުނެފައި ވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަހަކީ މާޗު 8، ކަމަށެވެ. އަދި އެ ދުވަހު އާއިލީ ޒިންމާއެއް، ސަލާމެއް ނުވަތަ އެ ނޫން ވެސް އެއްވެސް ޗުއްޓީއެއްގައި ހުންނަ މުވައްޒަފަކަށް ވެސް ފަހު 10 ގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.
ސަރުކާރުން އެޓެންޑެންސް އެލަވަންސް ދޭ އުސޫލު ހަރުކަށި ކޮށްފައި މިވަނީ ސަރުކާރުން ކޮންމެ ރޯދަ މަހެއްގެ ފަހު ދިހައެއް ބަންދު ކުރަން ނިންމުމަށްފަހު އެވެ. މި ބަދަލާއެކު 8 މާޗުގައި އޮފީހަށް ހާޒިރުނުވެވިއްޖެ ނަމަ މުވައްޒަފުގެ މުސާރައިން ބޮޑު އެއްޗެއް ކެނޑޭނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ފަހު ދިހައެއް ބަންދުކުރި ނަމަވެސް، ހުރިހާ މުވައްޒަފުންނަށްވެސް އެޓެންޑެންސް އެލަވަންސް ދީފައި ވެއެވެ.

ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
ރަމަޟާން މަހަކީ އަޅުކަމުގައި އުޅެންވީ މައްސަރު: ހުތުބާ
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި