90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ތަރި ޓްވިންކަލް ޚަންނާ އޭނާގެ މަންމަ ޑިމްޕަލް ކަޕާޑިއާއަށް އެންމެ ކޮށްދޭން ބޭނުންވާ ކަންތައް ހާމަކޮށްފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޓްވިންކަލް ބުނީ އޭނާ ކުޑައިރު އޭނާގެ މަންމަ ވެސް ކަންތައް ކުރި ގޮތަށް މިހާރު މަންމައަށް މުޅި ދުނިޔެ ދައްކަން ބޭނުންވާ ކަމަށެވެ.
އެގޮތުން މަންމައާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެ ތަޖުރިބާތަކުން މަންމައަށް ލިބޭ އުފާވެރިކަން ދެކެން ބޭނުންވާ ކަމަށް ޓްވިންކަލް ބުންޏެވެ.
ޓްވިންކަލް ވަނީ ދާދި ފަހުން އޭނާގެ މަންމައާއެކު އިންޑިއާގެ ޖޯދްޕުރްއަށް ވެސް ގޮސްފަ އެވެ. އެ ދަތުރުގެ ތަޖުރިބާ ވެސް ޓްވިންކަލް ހިއްސާކުރި އެވެ.
ޓްވިންކަލް ބުނީ އެ ދަތުރުގައި އެ މީހުން ސޫފީ އިވެންޓެއްގައި ބައިވެރިވި ކަމަށާއި އޭނާގެ މަންމައަކީ އޭނާއާ ޚިލާފަށް މިއުޒިކަށް ވަރަށް ބޮޑު ޝައުގެއް ހުންނަ މީހެއް ކަމަށެވެ.
ބޮލީވުޑުން އެކަހެރިވެ ލިޔުންތެރިކަމުގައި މިހާރު ހަރަކާތްތެރިވާ ޓްވިންކަލްގެ މުޅި އާއިލާއަކީ ވެސް ފިލްމީ އާއިލާ އެކެވެ. އޭނާގެ ބައްޕަ ރާޖޭޝް ޚަންނާއާއި މަންމަ ޑިމްޕަލްއަކީ ވެސް ބޮލީވުޑްުގެ ކާމިޔާބު ތަރިންނެވެ.
12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
ސަރަހައްދީ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް: ސީސީ
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް