ބޮލީވުޑްގެ ފިލްމު "ބޯޑާ 2"އަށް ލިބުނު ކާމިޔާބީއަށްފަހު އެ ފިލްމުގެ ލީޑު ތަރި ވަރުން ދަވަން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަަގަން ނިންމައިފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ވަރުން އޭނާގެ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމީ އޭނާގެ އާއިލީ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ބޭނުމުގަ އެވެ.
އެގޮތުން މިފަހުން އޭނާއަށް ލިބުނު އޭނާގެ އަލަތު ދަރިފުޅު ލާރާއާއެކު ވަގުތު ހޭދަކުރަން ވަރުން ބޭނުން ވެފައި ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ބޯޑާ 2"ގެ ޓްރެއިލާ އާއްމު ކުރުމާއެކު ވަރުންއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ފިލްމު ރިލީޒް ކުރުމާއެކު އޭނާއަށް އެތައް ބަޔަކު ތައުރީފު ކުރި އެވެ.
ބޮލީވުޑުން ބްރޭކެއް ނަގަން ވަރުން ނިންމާފައިވާއިރު އޭނާގެ ފިލްމެއް ކަމަށްވާ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ" އަންނަ ޖޫން މަހު ރިލީޒް ކުރާނެ އެވެ.
2021 ވަނަ އަހަރު ކައިވެނިކުރި ވަރުންއާއި އޭނާގެ އަންހެނުން ނަތާޝާއަށް އެމީހުންގެ އަލަތު ދަރިފުޅު ލާރާ ލިބުނީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ތަރާވީހު ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން އެދިއްޖެ
ސުވާލާއި ޖަވާބު: ހައިޟުވެރިޔާ ފަހު ދިހައެއް ހޯދާނީ ކިހިނެއް؟
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!