އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
މި ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
މިފަހަރުގެ ވޯޓުގައި ރައްޔިތުންގެ އަތަށް ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެ އެވެ. އެއީ ކައުންސިލް މެންބަރުން ހޮވުމުގެ ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރުމުގެ ކަރުދާހާއި، ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސްކޮޅެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށެވެ. މަޖިލީހުން ވަނީ މިހާރު އެކަން ކުރަން ފާސްކޮށްފަ އެވެ. ވޯޓު ކަރުދާހުގައި އޮންނަ ސުވާލަކީ މަޖިލީހުން ފާސްކުރި ބިލް ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނޫންތޯ އެވެ.
އެ ވޯޓާ ގުޅިގެން އެކަށީގެންވާ ވަރަށް ރައްޔިތުން ހޭލުންތެރިކުރަން އެކަށީގެންވާ ވަގުތު ނުތީ އިންތިހާބު ކުރިއަށްގެންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 294،937 މީހުންނަށެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަޝީދު މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ
ހަނގުރާމައިގައި 140 އެމެރިކާ ސިފައިން ޒަހަމްވެއްޖެ
ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
