ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގ. ހިޔާރޯދިގޭގައި ހުރި ގުދަނެއްގައި ރޯވެ ވަރަށް ބޮޑަށް ގެއްލުންވެއްްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 10:45 ހާއިރު ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ. އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހާލު ދެރަވެގެން އަންހެން ފުލުހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި ގެއަކީ ދެ ފަންގިފިލާއަށް ޑެކް އަޅައިގެން ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. އަދި މި ގެ ބޭނުންކުރަމުން ދިޔައީ، ބައެއް މުދާ ގުދަން ކުރުމަށެވެ.
މި އިމާރާތަކީ އެއްވެސް ފަރާތަކުން ދިރިއުޅެމުން ނުދާ އިމާރާތެއް ކަމަށް ވެސް އެނގިފައިވެ އެވެ. އަދި ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ އެ ގެ ތަޅާލުމަށް ގެ ހުސް ކުރަން ނިންމާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
އަލިފާނުގެ ހާދިސާ ދިމާވެފައިވާ ސަރަހައްދުގައި އުޅޭނަމަ ދުމުގެ އަސަރުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެންމެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުދިއުމާއި ބޭރަށް ނިކުންނަ ނަމަ ނޭފަތާއި އަނގަ ނިވާކުރުން އަދި ނޭވާލާން އުނދަގޫވެ، ބޯއަނބުރާނަމަ ސިއްހީ ފަރުވާ ހޯދުމަށް ރެޑްކްރެސެންޓުން އެދިފައިވެ އެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގައި ރޯވެ، ކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އދ. ދިގުރަށުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހަކު ވަނީ ނިޔާވެފަ އެވެ.

ލަންކާއިން މަސައްކަތު ހަފްތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
ކައުންސިލްގެ ހުއްދަ ނެތި ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދެނީ
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް