ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް އިނުމަކީ ކުރަން ވަރަށް ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ބުނެފި އެވެ.
ޝާހްރުކް ޚާން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ތަންކޮޅެއް ކުރީގެ ވީޑިއޯއެއްގަ އެވެ.
ޝާހްރުކް ޚާން ބުނީ މީގެ ކުރިން ދުވަހަކު ވެސް އިއުތިކާފަށް އިށީނދެފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އެއީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކުރަން ވަރަށް ހިތްއެދޭ ކަމެއް ކަމަށެވެ.
އެގޮތުން އިއުތިކާފަށް އިނުމަކީ ހިތަށް ހަމަޖެހުން ލިބޭ އަމާން ތަޖުރިބާއަކަށް ވާނެ ކަމެއްގެ ގޮތުގައި ޝާހްރުކް ޚާން ސިފަ ކޮށްފައިވެ އެވެ.
އިއުތިކާފަށް އިނުމަކީ ދުނިޔަވީ ހަޔާތުގެ ކަންކަމުން އެކަހެރިވެ އަޅުކަމާއި ތަގްވާވެރިކަމަށް ހުސްވުމަށްޓަކައި ރަމަޟާން މަހުގެ ފަހު ދިހައެއް މިސްކިތުގައި ހޭދަކުރުމެވެ.
ޝާހްރުކް ޚާންއަކީ ވަރަށް ގިނައިން އިސްލާމް ދީނުގެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ ތަރި އެކެވެ. އޭނާ ވަނީ މީގެ ކުރިން އުމްރާ ވެސް ވެފަ އެވެ.
އީރާނެކޭ އެއްފަދައިން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން މުހިއްމު
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
އުމްރާއޭ؟؟؟ ބޮޑު ސިންގާ މުޝްރިކެއްގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟؟